Published 1 year ago in Other, in album: DheenugeMagu 98

Loafan faraaithakaa hamah ves mi dhauvathuge adu.(As_Shaikh Mohamed afzal)

  • 42
  • 0
  • 0
  • 0
  • 0
  • 0

މިއީ "ދީނުގެމަގު" މަޖައްލާގެ ދެވަނަ އަހަރުގެ 98ވަނަ ނަމްބަރު ޢަދަދު 47ގެ ފުރަތަމަ ސަފުހާގައި އައްޝައިޚު މުޙައްމަދު އަފުޟަލް ލިޔުއްވައިފައިވާ މަޒުމޫނެކެވެ. DM98 - Y2 - VOL47 - P3

Lyrics

ހުރިހާ ޙަމްދަކާއި ރިވެތި ޘަނާއެއް ޙައްޤުވެގެން ވަނީ މަތިވެރިވަންތަ މާތް ﷲއަށެވެ. "ދީނުގެމަގު" ނަމުގައި މަޖައްލާއެއް ނެރެ ކުރިޔަށް މި ގެންދެވެނީ ވެސް އެކަލާނގެ ވާގިފުޅުންނެވެ. "ދީނުގެމަގު" އައު މޭލުގަލަކަށް ވާޞިލުވި ޚަބަރު ކިޔުންތެރީންނަށް ދިނުން މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އާދެ! މިއަދު "ދީނުގެމަގު" ޓީމުގެ ފަރާތުން ތަޢާރަފު މި ކުރަނީ "ދީނުގެމަގު" އަޑުއެހޭނެ ގޮތެކެވެ. ލޯފަން ފަރާތްތަކާ ހަމައަށް ވެސް މި ދަޢުވަތުގެ އަޑު ފޯރުކޮށް ދިނުމަށެވެ! الحمد لله! "ދީނުގެމަގު"ގައި ޝާއިޢުކުރާ މަޒުމޫނުތަކުގެ އޯޑިއޯފައިލް "ދީނުގެމަގު"ގެ މީސްމީޑިއާ މަންސަތަކުގައި މިއަދުން ފެށިގެން ޝާއިޢުކުރެވެމުން ގެންދެވޭނެއެވެ. ކޮންމެ ހުކުރަކު ނެރޭ މަޒުމޫނުތައް ﷲ އިރާދަކުރެއްވިއްޔާ ހަމަ އެ ހުކުރުގައި އަޑު އަހަން ލިބޭނެއެވެ. "ދީނުގެމަގު" ޓީމު ވަނީ އެވަރަށް ތައްޔާރުވެފައެވެ.
މި ކަމަކީ އިސްލާމްދީނުގެ ދަޢުވަތު ފަތުރަން ލޯބިކުރާ ޒުވާން އަޚުންކޮޅެއްގެ އިސްނެގުމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ މީގެ މުގުލުގައި ހުރީ ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް ކަމެވެ. އޭނާގެ ހުއްދަ އޮތް ނަމަ ނަން ވެސް މިތާ ޒިކުރު ކުރީމުހެވެ. އޭނާ ބޭނުންވީ އޭނާގެ މަސައްކަތަކީ މީސްތަކުންނަށް ފޮރުވިގެންވާ މަސައްކަތެއްގެ ގޮތުގައި އޮތުމެވެ. ދުނިޔޭގެ ތަޢުރީފެއްނެތި އާޚިރަތުގެ ސަވާބު އެދިގެންނެވެ.
އިސްލާމީ ދަޢުވަތު ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ ގެންދަނީ އެބައިމީހުންގެ އާޚިރަތުގެ އެކައުންޓުތައް ފުރަމުންނެވެ. މި ދުނިޔޭގެ ބިމުގައި އާޚިރަތުގެ ގޮވާން ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ދަޢުވަތުގެ މަސައްކަތް ކުރައްވާ ފަރާތްތަކަކީ ގިނަ ގޮތްގޮތުން ނަސީބު ރަނގަޅު ބައެކެވެ. ދިވެހީންގެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އޮތުމުން ދިވެހީންގެ ތެރޭ ދަޢުވަތު ފެތުރުމަށް ކުރަންޖެހޭ މަސައްކަތް ޚާއްޞަ ވެފައި އަމިއްލަވަންތައެވެ. ފޮތްތައް ލިޔަންޖެހެއެވެ. ތަރުޖަމާކުރުން ގިނަކުރަންޖެހެއެވެ. ޢަރަބި ދަންނަ މީހުން މަދު މި ރާއްޖޭގައި އިސްލާމީ ތަޢުލީމު ހޯދަން އެދޭ ކޮންމެ މީހަކާ ހަމައަށް ފޯރުކޮށްދޭނެ ޢިލްމީ ތަކެތި ތައްޔާރުކުރަންވީއެވެ. ހިތްވަރާ އެކު މިންނަތްކޮށްފި ކޮންމެ ދާޢީއަކަށް ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ކާމިޔާބު ހުއްޓެވެ. މި އިން ކޮންމެ މަސައްކަތެއް ހިމެނޭނީ ދެމިގެންވާ ޞަދަޤާތުގެ ތެރެއިންނެވެ.
ޢިލްމުވެރީން ކުރައްވާ މިފަދަ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާ ކޮންމެ ފަރާތަކަށް ވެސް ދެމިގެންވާ ޞަދަޤާތުގައި ހިއްސާވެވޭނެއެވެ. ފަންނީ އެހީ ދޭންވީއެވެ. ހުނަރުތައް ހިއްސާ ކުރަންވީއެވެ. މާލީގޮތުން ވެސް އެހީ ވާންވީއެވެ. އިސްލާމީ ދަޢުވަތު ފަތުރާ ހުރިހާ ފަރާތްތަކެއް ވެސް މިއަދު އެ ވަނީ މި ދެންނެވި ފަދަ އެހީތަކަށް ބޭނުންޖެހިފައެވެ. އަމިއްލަ ސަވާބާއި އަޖުރު ގިނަކުރުމަށް އަވަސްވެގަންނާށެވެ! 

::
/ ::

Queue

Clear