প্রকাশিত হয়েছে 7 মাস আগে ভিতরে অন্যান্য

Adhabuverikan Nethunu Meehaa

  • 248
  • 2
  • 1
  • 0
  • 0
  • 0

Dhivehi Madhaha - Adhabuverikan nethunu meehaa
by Abdulla Hassan
Lyrics: Hussain Salahuddeen

গানের কথা

އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ
މަދަދުވެރިކަން ނެތީވިއްޔާ
ޤަދަރު ނެތިގެން ހިނގައިދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ


އަދަކުގާ ކަންފޮޅާ ކައްދެން
އަދަކުގާ ކަންފޮޅާ ކައްދެން
ނެތޭ ދެނެ ތިބި ކަމެއް މެނުވީ
މަސައްކަތަކުން ހުނަރަކުން
ޢިލްމަކުން ނޫނީ ނަފާވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ވިމާމޮޅު ނަޞަބަކުން އަޔަތީ
ވިމާމޮޅު ނަޞަބަކުން އަޔަތީ
ތިމާމެން ކިބުރުވެރި މިވަނީ
ރިމާދައް ފުރޮޅިގެން އެ ދަނީ
ދިމާޔަށް އަނގުރު އަލިފާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ވި ޠާހިރު މޮޅު އެ ރަންމުތަކީ
ވި ޠާހިރު މޮޅު އެ ރަންމުތަކީ
އިތާގެ ބަނޑުން ވިހޭ ދަރިއޭ
ހިތާކޮށް ފިކުރު ބެލިނަމައީ
އިބާރާތެއް ކަމަށް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ޒަމާނަށް ހޭނުލާ ތިބެގެން
ޒަމާނަށް ހޭނުލާ ތިބެގެން
އަމާނެއް ލިބި ނެތޭ ދާކަށް
ކަމާއި ބަހާ މިދުނިޔޭގައި
ހިނގާ މަގު ވިސްނަވަން ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ނެތޭ މޮޅު އެއްކަމެއް ލިބިފާ
ނެތޭ މޮޅު އެއްކަމެއް ލިބިފާ
ޢަބުރުވެރި އަކު ކަމަށް ވެވިފާ
ތިމާގެ މަސައްކަތުން ނޫނީ
ދިމާއަށް ބާރު ލިބިދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ލަދެއްނެތި އަތް ދިމާކުރުމީ
ލަދެއްނެތި އަތް ދިމާކުރުމީ
ތިމާގެ އެދުންތަކާ މެދުގާ
ހިނގާ ގޮސް އަނެކަކުގެ ގާތަށް
ކަމެއްތޯ ހުތުރު ނުވެ ދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ލިބޭ މިންވަރު ނިކަން ދެނެގެން
ލިބޭ މިންވަރު ނިކަން ދެނެގެން
ވި ބޭނުންތަށް ބަހާލައިގެން
ތިބޭނަމައީ ފިކުރުކޮށްގެން
މި ބޭޒާރެއް ނުވެސް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ލިބޭހާ ދެރަކަމެއް ދުނިޔޭން
ލިބޭހާ ދެރަކަމެއް ދުނިޔޭން
ޤަޟާ ގަދަރާއި މަތި ކޮށްފައި
ތިބޭއިރު ކުށް ނުވާ ކަމުގައި
ހިތާކަށް ވާ ނުވެސް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ކަލާނގެ ދެއްވި ބޮޑު ނިޢުމަތް
ކަލާނގެ ދެއްވި ބޮޑު ނިޢުމަތް
ސަލާމަތް ބުއްދިއޭ މިކިޔާ
ބަލާ ނުމެލާ ނިދައިގަތުމުން
ހަލާކު ނިކަން އަވަސް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

މިތާ މިތިބޭ ދުވަސްކޮޅުގާ
މިތާ މިތިބޭ ދުވަސްކޮޅުގާ
ސަވާރުވެގެން ހަވާ ނަފްޞާ
ހިތާ ހަށި އެދުނުހާ މަގަކުން
ތެދޭ މަކޮޔާ ދުވެވިދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ތިމާގެ ފުރާނަޔާ މެދުގައި
ތިމާގެ ފުރާނަޔާ މެދުގައި
ޙިމާޔަތް ކޮށް ނުވިސްނިއްޔާ
ދިމާވީހާ ހަލާކެއްގައި
ޖެހޭކަށް ހޭ ލަހެއް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ޙަސަދަ އާ ފިޠުނަޔާ މަކަރުން
ޙަސަދަ އާ ފިޠުނަޔާ މަކަރުން
ހިތާއި މެޔާ ފުރާ ފިއްޔާ
މަސަލަހުން އެންމެ ހިނދުކޮޅަކަށް
ނަފުސު ގައިމޭ ނުހުންނާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ޙަސަދައީ ހަށިގަނޑަށް އުފުލާ
ޙަސަދައީ ހަށިގަނޑަށް އުފުލާ
މަސައްކަތެކޭ ހިލޭ ކުރެވޭ
އަސަރު ނުމެ ކޮންމެ އަނެކާ އަށް
ކިހާ ހޭ ގެއްލުމެއް ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ތިމާގެ ހިތަށް ލިބޭ އުނދަގޫ
ތިމާގެ ހިތަށް ލިބޭ އުނދަގޫ
ވި މާ ގިނަ ފާފަޔާ އެކުގާ
ދިމާޔަށް ފިޠުނަ ތައް އުފެދޭ
ކަމެއް އެކަހަލަ ނުހުންނާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ރިކަން ކުޅަ ދުންމެ ނުމެ ހީކޮށް
ރިކަން ކުޅަ ދުންމެ ނުމެ ހީކޮށް
ވިކަން ދޮގުމާ ބުނުން ގިނަކޮށް
ލިކަން އަފިލާ މުޅިން މޫނުން
ނިކަން ކަމެކޭ ހިނގައިދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ޤަދަރު ލިބި ގަންނަނީ ދުނިޔޭން
ޤަދަރު ލިބި ގަންނަނީ ދުނިޔޭން
މަދަރުވެރި ވާ ކަތުން ކަމަކީ
އަދެއްގާ ވަން ހަނާވާކަށް
ކަމެއްތޯ ނޭނގި އޮންނާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ކަލާނގެ އެ ރުއްސަވާ މަގުގާ
ކަލާނގެ އެ ރުއްސަވާ މަގުގާ
ސަލާމަތް އެދި ތިބޭ ނަމައީ
ހަލާކެއް އަދި މަލާމާތެއް
ބަލާއެއް ނުޖެހި ނުމެދާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

ސަމަރު ގަންދުން ދަމާ ނެރެގެން
ސަމަރު ގަންދުން ދަމާ ނެރެގެން
ހުނަރު މަންދުން އަތުން ގަނެގެން
ކަމަރު ބަންދުން ދަމާ ބަނދެގެން
ތިބެންވީތާ އަބަދު ޖާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ

މިހެން ނުވި ނަމަ ފަސާދަވެ ގޮސް
މިހެން ނުވި ނަމަ ފަސާދަވެ ގޮސް
ދެ ދުނިޔޭން ގެއްލި ނިމިގެން ގޮސް
ޖަހަންނަމަ އަށް ޚަރާބުވެ ގޮސް
ހިތާމައިގާ ތިބެން ވާނޭ
އަދަބުވެރިކަން ނެތުނު މީހާ
ދެދުނިޔޭން ގެއްލި ނިމި ދާނޭ
މަދަދުވެރިކަން ނެތީވިއްޔާ
ޤަދަރު ނެތިގެން ހިނގައިދާނޭ
އަދަބުވެރިކަން

::
/ ::

কিউ

স্পষ্ট