Published 2 years ago in Hanguraama

Badr Hanguraama

  • 81
  • 0
  • 0
  • 0
  • 0
  • 0

Badr Hanguraama
ބަދުރު ހަނގުރާމަ ހިނގީ ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިއުމެވެ.

ކީރިތި ރަސޫލާ އަރިއަހުގައި މި ލަޝްކަރާއެކު ނުކުތީ ތިންސަތޭކަ ކޮންމެވެސް ވަރަކަށް މުސްލިމުންނެވެ. (313 ނުވަތަ 314 ނުވަތަ 317 އެވެ.) އެއީ މުހާޖިރުންގެ 82 ނުވަތަ 83 ނުވަތަ 86 މުސްލިމުންނެވެ. އަދި އައުސް ވަންހައިގެ 61، ޚަޒްރަޖު ވަންހައިގެ 170 އެވެ. އަސްވެސް އޮތީ އެންމެ އަހެއް ދެ އަހެއް ވަރެވެ. 70 ޖަމަލު އޮތެވެ. ޖަމަލެއްގައި ތިބީ ދެ މީހުން ނުވަތަ ތިން މީހުންގެ މަގުންނެވެ.

ކާފަރުންގެ
މި ލަޝްކަރުގެ ބޮޑު މިނަކީ ދަތުރު ފެއްޓިއިރު ގާތްގަނޑަކަށް އެއްހާސް ހަނގުރާމަވެރިންނެވެ. އެކުގައި ސަތޭކަ އަހާއި ހަސަތޭކަ ހަނގުރާމަ މަތީ ހެދުން އޮތެވެ. އަދި ވަރަށް ގިނަ ޢަދަދެއްގަ ޖަމަލުވެސް ހުއްޓެވެ. އިސްވެރިއަކަށް ހުރީ އަބޫ ޖަހުލް އެވެ.

::
/ ::

Queue

Clear