منتشر شده 2 سال ها پیش که در دیگر, در آلبوم: DheenugeMagu 98

Marah Thayyaaruvun.(As_Shaikh Muhammad Mauoon Shareef)

  • 114
  • 0
  • 0
  • 0
  • 0
  • 0

މިއީ "ދީނުގެމަގު" މަޖައްލާގެ ދެވަނަ އަހަރުގެ 98ވަނަ ނަމްބަރު ޢަދަދު 47ގެ 3ވަނަ ސަފުހާގައި އައްޝައިޚު މުޙައްމަދު މަޢޫން ޝަރީފު ލިޔުއްވައިފައިވާ މަޒުމޫނެކެވެ. DM98 - Y2 - VOL47 - P3

متن ترانه

އަޅުގަނޑުމެންނަށް އެންމެ ޔަޤީންވާ އެއް ކަމަކީ މަރުގެ ޙަޤީގަތެވެ. އެކަން އެކަކަށް ވެސް ވަންހަނާ ވެގެން ނުވެއެވެ. އެހެނަސް ގިނަބަޔަކު ވަނީ އެ މަރާ މެދު ޣާފިލުވެފައެވެ. މަރު މަތިން ހަނދާންކޮށްދޭ ގުދުރަތީ އެކިއެކި މަންޒަރުތައް ލޯމަތީ ތަކުރާރުވަމުން ދާއިރު ވެސް މަރުގެ ސަކަރާތާ ބައްދަލު ކުރަން ޖެހޭނެކަން ހަނދާން ހުންނަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދުބައެކެވެ.
މަރުގެ ސަކަރާތާ ބައްދަލުކުރަންޖެހޭނެކަން ހަނދާންކޮށްދެއްވަމުން ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ﴾ ‎﴿ق: ١٩﴾‏ މާނައީ: "އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ."
ޓީވީ އާއި ރޭޑިއޯއިން އަދި މީސްމީޑިއާގެ އެކި މަންސަތަކުން ރެޔާދުވާލު އަޅުގަނޑުމެންނަށް މަރުގެ ހާދިސާތަކުގެ ޚަބަރުތައް ލިބެމުންދެއެވެ. އަޖައިބުކަމަކީ މަރުވާ އެންމެންނަކީ 70 ނުވަތަ 80 އަހަރުގެ މީހުން ނޫން ކަމެވެ. ފެންނާންއޮތް ޙަޤީޤަތަކީ މަރުވާ ހުރިހާ އެންމެންނަކީ ބަލިމަޑުކަމެއްގައި އުޅޭ ބައެއް ނޫން ކަމެވެ. ބައެއް މީހުން ޒުވާން ޢުމުރުގައި މަރާ ބައްދަލުކުރާންޖެހެއެވެ. އަނެއް ބައެއްގެ އަޖަލު ހަމަވަނީ މުސްކުޅި ޢުމުރުގައެވެ. ބައެއް މީހުން ބަލިމަޑުކަމެއްގައި މަރުވާއިރު އަނެއް ބަޔަކު ޞިއްޙީ މައްސަލަތަކެއް ކުރިމަތިވުމެއްނެތި ކުއްލި މަރަކުން މަރުވެއެވެ. މާދަމާ ކަންތައް ވާނެ ގޮތެއް ހަމަހިލާ އެކަކަށް ވެސް ނޭނގޭނެއެވެ. މަރުވާނީ ކޮންތަނެއްގައި ކަމެއް ވެސް ހަމަ އެކަކަށް ވެސް ނޭނގެނެއެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ﴾ ‎(لقمان: ٣٤)‏ މާނައީ: "އެއްވެސް ނަފުސަކަށް އެ ނަފުސެއް މަރުވާނީ ކޮން ބިމެއްގައި ކަން ނޭނގޭހުއްޓެވެ. اللَّهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."
މީހަކު މަރުވުމުން އޭނާގެ ޤިޔާމަތް ޤާއިމުވީއެވެ. ދުނިޔޭގެ ޙަޔާތާ އެކު ހެޔޮ ޢަމަލުގެ ފަތް ވެސް ބަންދުވީއެވެ. ސަވާބުގެ ފޮތަށް އެއްޗެއް އިތުރު ކުރާނެ ފުރުޞަތެއް ދެނެއް ނޯންނާނެއެވެ. ދުނިޔޭގައި ހުރި ދުވަހު ހެޔޮކަމުގެ މީޒާން ބަރުކުރަން އުޅެވެނީ ވަރަށް މަދުބަޔަކަށެވެ. އާޚިރަތް ދުވަހަށް ތައްޔާރުވުމާ މީސްތަކުން މި ވަނީ ވަރަށް ދުރުވެފައެވެ. އެ ކަން ބަޔާންކުރައްވައި އަލްއަންބިޔާ ސޫރަތުގެ ފުރަތަމަ އާޔަތުގައި الله سبحانه وتعالى ވަޙީކުރައްވައިފައިވެއެވެ. ﴿اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ﴾ ‎(الأنبياء: ١)‏ މާނައީ: "މީސްތަކުންނަށް އެބައިމީހުންގެ ހިސާބުބެއްލެވޭ ދުވަސް ގާތްވެއްޖެއެވެ. އެހެނަސް އެބައިމީހުން ވަނީ ޣާފިލުކަމެއްގައި ފުރަގަސްދީފައެވެ."
މަރު މަތިން ހަނދާންކުރުމުން ހިތް މަޑުމޮޅިވެއެވެ. ޢަމަލުތައް އިޞްލާޙުވެއެވެ. އަދި ފާފަތަކުން ދުރުހެލިކޮށްދެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «أَكْثِرُوا مِنْ ذِكْرِ هَاذِمِ اللَّذَاتِ الْمَوْتِ» [رواه الترمذي والنسائي، وصحَّحه ابنُ حبَّان] މާނައީ: "ލައްޒަތްތައް ނެތިކޮށްލާ ކަންތަކުގެ މަތިން ގިނައިން ހަނދުމަކުރާށެވެ. (ދަންނާށެވެ.) އެއީ މަރެވެ."
މިފަދަ ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރާ މީހުންގެ ތެރެއިން ވުމުގެ ތައުފީޤު ދެއްވާށިއެވެ. ގިނަގިނައިން މަރު ހަނދުމަކުރާ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ. آمين! 

::
/ ::

صف

پاک کردن