Được phát hành 3 năm trước kia Trong Khác, trong album: Ey...Eemaan Vejje meesthaknunneyve

Ey...Eemaan Vejje meesthaknunneyve 31

  • 293
  • 1
  • 0
  • 0
  • 0
  • 0

حمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ތަފުޞީލުކޮށް އެފޮތުގައިވަނީ ބަޔާންކުރެވިފައެވެ. އެފޮތަށް ފުރިހަމައަށް އީމާންވެ، ދީނީ ޢިލްމު ޙާޞިލުކޮށް އެޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހަކު ދުވަހަކުވެސް އަބާއްޖަވެރިވެގެން ނުދާނެއެވެ.

ކީރިތި ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅުތަކާއި ނަހީތަކަށް ބަލާލާއިރު، އީމާންކަމުގެ އަހުލުވެރިންނާ މުޚާޠަބުކުރެވި، ﷲއަށް އީމާންވާ މީހާގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކުރެވިފައިވެއެވެ.

އެގޮތުން މިސިލްސިލާގައި ގެނެސްދެވޭ އޯޑީއޯ ތަކުގައި ހިމެނިފައިވާނީ ކީރިތި ޤުރުއާނުގައި މުއުމިނުންނާ މުޚާޠަބުކުރައްވާ، ޢާލަމްތަކުގެ ވެރި އިލާހު ވަހީކުރައްވާފައިވާ އާޔަތްތަކާއި އެއާޔަތްތަކުގެ މާނައެވެ. އެއީ ހަނދުކުރާމީހުން ހަނދުމަކޮށް، ތެދުމަގު ޙާޞިލުކޮށް، ޢަމަލުތައް އިޞްލާހުކުރަން އެދޭ ބަޔަކަށް ހުރި ޢިބަރަތްތެރި ދަރުސްތަކެއްގެ ގޮތުގައެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ހެޔޮބަސް އަޑުއަހާ، ހެޔޮމަގަށް ތަބާވާ ބަޔަކުކަމުގައި ލެއްވުމެވެ.

**********************************************

::
/ ::

Xếp hàng

Xa lạ