Published 3 years ago in Madhaha, in album: Ya Rabbana

Visnaalumah Edhemey

  • 1.5K
  • 11
  • 0
  • 8
  • 0
  • 3

Visnaalumah Edhemey - Ali Rameez
Ya Rabbana Madhaha Album
Released on 2005
Lyrics: Ahmed Rifaau

Lyrics

ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭ
މުސްލިމްއަކަށް ވީތީ، ހަސްތީތެރޭ ވީތީ
ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭފުރިހަމަވެފައި ގުނަވަންތަކަށް،
ފުރިއުތުރިފައި ނިޢުމަތްތަކަށް
ހުރި އިރުގަ އާރާ ބާރުލައި،
ހުރި ހިތްވަރުން ކިޔަމަންވެލާ
ފުރުޞަތު ނަގައިނުލާ،
ރުޚްޞަތު ހަދައިނުލާ
ކުރުމުއްދަތޭ މިޢި،
ހުރުމަށްލިބޭ މިއީ


ނެތްއިރު ވުޖޫދަށް ގެންނަވާ،
ހެޔޮގޮތް ތިމާއަށް ދައްކަވާ
ނެތް އިރު ޚިޔާލެއްގައި ތިބާ،
ނެތިދޭ އަނެއްކާ ދުނިޔެއިން
މަރު އައިސް ހިފައި، ގެންދޭ
ދުނިޔޭން މަ ނިމިގެންދޭ
މަރު އައިސް ހިފައި، ގެންދޭ
ދުނިޔޭން މަ ނިމިގެންދޭ
ބިރުހާދަ ހީވެޔޭ،
ރިހުމާއި ވޭންދެޔޭ


އަސްތާ މަށަށް އުޅެވުނު ގޮތޭ
ސަހަރޯ މަށަށް ބުނެވުނު ބަހޭ
އަސްތާ މަށަށް އުޅެވުނު ތަނޭ
އަޅެ ދެން މަށަށް އެހެވުނު އަޑޭ
އަސްތާ ވަރަށް ދެރައޭ
ބަސްނޭހުނީތީއޭ
އަސްތާ ވަރަށް ދެރައޭ
ބަސްނޭހުނީތީއޭ
ޖިސްމާ މަވަކިވީ އޭ
ތައުބާ ނުވެވުނީ އޭ

ފަރުވާ މަށަށް ކުޑަކުރެވުނީ،
ފާފައިގެތެރެއަށް ވަދެވުނީ
ފުރުޞަތުގެ ބޭނުން ނުހިފުނީ
ވަގުތީ އަރާމަށް ބެލެވުނީ
އަތްފައި ބަނދެލެވިއްޖޭ،
ހިނަވައި އަވަދިވެއްޖޭ
އަތްފައި ބަނދެލެވިއްޖޭ،
ހިނަވައި އަވަދިވެއްޖޭ
މޫނޭ ފަހުން އެޅީ،
ސަންދޯކަށޭ މަލީ


ހެއްދެވިފަރާތަށް ގެންދަވާނޭކަން ނުއެނގުނީތާ މަށަށް
ހެއްދެވިފަރާތަށް ގެންދަވާނޭކަން ނުއެނގުނީތާ މަށަށް
އެއްކުރި މުދާތައް ފަހެ ކޮބާ؟
ފޮނިކަން ކިބުރުވެރިކަން ކޮބާ؟
ގޮތް ހުސްވެފައި ވީމޭ
ހިތްހުއްޓިފައިވީމޭ
ގޮތް ހުސްވެފައި ވީމޭ
ހިތްހުއްޓިފައިވީމޭ
ވަޅަކަށް މަކޮނެލާފާ ،
ފަސްލާފަ ދިޔައީއޭ

އެކުވެރިއަކަށްވެސް ބެލެވުނީ
ކެހިވެރިއެކޭ ހަމަ މީތެދޭ
އެކުގައި އަބުތާ އުޅެހެދީ ،
ފިކުރެއް ކުރާނެ ވަގުތު ނުދީ
ވަކިކޮށްފިތާ ތީނާ،
ކަތިކޮށް ތިހެން ހާނާ
ވަކިކޮށްފިތާ ތީނާ،
ކަތިކޮށް ތިހެން ހާނާ
ވަކިކޮށް މަގޭ ދީނާ،
ކެހިދީ ތި ޝައިޠާނާ

ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭ
މުސްލިމްއަކަށް ވީތީ، ހަސްތީތެރޭ ވީތީ
ވިސްނާލުމަށް އެދެމޭ، ގިސްލާ ރޮމުން ބުނަމޭ

::
/ ::

Queue

Clear